ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިހާބުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މަގާމްތަކަށް މެންބަރުން ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރަކަށް އިންތިހާބުވެވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒް އެވެ.
ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރަކަށް އަބުދުﷲ ރިޔާޒު އިންތިހާބުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މީގެއިތުރުން ޖޭޕީގެ އަމީން އާންމުގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ. އަދި އަމީން އާއްމުގެ ނައިބަކަށް އިންތިހާބުވެފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހްމަދު އެވެ.
ޕާލިމެންޓްރީ ގުރޫޕްގެ ވިޕުންގެ ގޮތުގައި ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އެވެ.
ޖުމުހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ހޮވާ 10 މެންބަރުން ވެސް މިއަދު ވަނީ އިންތިހާބުކޮށްފަ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 15 މެންބަރުން ތިއްބަވަ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ