މޫސުން ގޯސްވުމުގެ ސަބަބުން މެދު ރާއްޖެ ތެރެއަށް ވައިޓް އެލަރޓް ނެރެފި

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ވައިގަދަވާނޭކަމަށް ލަފާކުރެވޭތީ މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މިއަދު ވައިޓް އެލަރޓް ނެރެފިއެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން މިރޭ 20:00ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 40 މޭލަށް މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.
މީގެ އިތުރުންވެސް މެދު ތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ