ތިން ރަށެއްގައި އިންޖީނުގެ އެޅުމަށް ބިންގާ އަޅައިފި

ރާއްޖޭގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުވަދު އަތޮޅު ތިން ރަށެއްގައި ޒަމާނީ ފެންވަރުގެ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި އެވެ.ފެނަކަ ކޯޕަރޭޝަނުން އެ އިންޖީނުގެތައް އެޅުމަށް ބިންގާ އަޅާފައިވަނީ ގދ.ތިނަދޫ، ގދ.ގައްދޫގެ އިތުރުން ގދ.ރަތަފަންދޫގައެވެ.ފެނަކައިގެ ފަރާތުން މި ރަށްތަކުގެ އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.ފެނަކައިން އަންނަނީ މި އަހަރު ނިމެންވާއިރަށް 28 ރަށެށްގެ އިންޖީނުގެ އައުކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ކުރިއަށް އޮތް 3 އަހަރު ތެރޭގައި 56 ރަށެއްގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ