ޞިއްޙީ ޚިދުމަތް ބާރަށް ކުރިއަށް! މަރޮށި ހެލްތް ސެންޓަރުގަ ކަރަންޓް ނެތްތާ 3 ދުވަސް!

ށ. މަރޮށި ހެލްތް ސެންޓަރުގައި ކަރަންޓް ނެތްތާ 3 ދުވަސްވެއްޖެކަމަށް އެރަށުން މަޢްލޫމާތު ލިބިއްޖެއެވެ. 
މައުލޫމާތުދިން މީހާ ބުނީ ސެންޓަރުގައި ހުރި ވެކްސިންތައް ހަލާކުވާތީ ފާމަސީއަކަށް ބަދަލުކޮށްފައިވާކަމަށާއި އެތަނުގެ ފްރިޖުގެ ޓެމްޕަރޭޗަރ ހުރިގޮތަކާއިމެދު ރައްޔިތުން ސުވާލު ކުރާކަމަށެވެ. "ވެކްސިނަކީ ވަކި ފިނިމިނެއްގަ ބަހައްޓަންޖެހޭ އެއްޗެއް! ދެން ނޭނގެ މިކަންކަން މިވާގޮތެއް!" 
ކަރަންޓް ނެތުމުން މަރުކަޒުގައި މަސައްކްތްކުރާ މުވައްޒިފުން ގޯތިތެރޭގައި ގޮނޑިބަހައްޓައިގެން ތިބޭ ފޮޓޯއެއް ވަނީ ލިބިފައެވެ. އޭނާ ބުނި ގޮތުގައި ރަށުގައި ކަރަންޓް އެބަހުއްޓެވެ. ޖެހިގެން އުޅެނީ ވަޔަރިންގ މައްސަލައެކެވެ. 
ރަށްރަށުގައި ޞިއްހީ ޚިދުމަތް ރައޔިތުންނަށް ފޯރުކޮށްދޭން ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ގިނަ ޚަރަދުތަކެއް އެކަމަށް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ