ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ: މެޓް
ބުރާސްފަތި ދުވަހުން ފެށިގެން، ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.މި ތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރި ފަށާ ކައިރި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ އޮފީހުން ބުނީ މި ކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާ ކަމަށެވެ.އަަދި ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާ ލަފާ ކުރެވޭ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ބެލެވޭ ކަމަށެވެ."މި ނިޒާމުތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެ ކަމަށް ބެލެވޭ އަސަރުތައް މި އޮފީހުން އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމު ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ،" މެޓްގެ ބަޔާނުގައިވެއެވެ. އެހެންކަމުން ތިނެއް ޑިސެމްބަރުވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ