ސިދާތް އާއި ކިއާރާ ޗުއްޓީއަށް ރާއްޖޭއަށް

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ ސިދާތް މަލްހޯތްރާ އާއި ކިއާރާ އަދުވާނީގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ. ބެލެވޭ ގޮތުގައި ސިދާތު އާއި ކިއާރާ އަލަތު ދަރިފުޅާ އެކު ރާއްޖެ އައީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ސިދާތުއާ އެކު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އެއާޕޯޓުގެ މުވައްޒަފަކު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. ސިދާތު ވަނީ އެ މީހުން ޗުއްޓީ ހޭދަކުރި ދަ ނޯޓިލަސް ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް މިރޭ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަންހެނުން އަދި ބަތަލާ ކިއާރާ ވެސް ފެންނަ މި ފޮޓޯތައް ހިއްސާކުރަމުން ސިދާތު ބުނީ، ރާއްޖޭއަށް ކުރި ދަތުރުގައި އެ މީހުން ބޭނުންވި ކަހަލަ އުފާވެރި ހިތްހަމަޖެހޭ 'ވައިބް' ކަވަ ކުރެވުނު ކަމަށެވެ. ސިދާތު އާއި ކިއާރާ ރާއްޖޭގެ ދަ ނޯޓިލަސް ރިސޯޓުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމާ ސިދާތު އާއި ކިއާރާ އެކީގައި އެންމެފަހުން ރާއްޖެ އައިސްފައި ވަނީ 2021ވަނަ އަހަރުއެވެ. އޭރު ދެ ތަރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ސޮނެވާފުށީގައެވެ. އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ދެމަފިރިންނަކީ ވަރަށް ޕްރައިވެޓް ނުވަތަ ސިއްރު ދިރިއުޅުމަކަށް ލޯބިކުރާ ދެމަފިރިންނެވެ. ދެ ތަރިން ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ފަހުން 2023ގައެވެ. ސިދާތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ ފިލްމު "ވީވަން-ފޯސް"އިންނެވެ. ބަތަލާ ކިއާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ފިލްމަކީ، ރިލީޒްކުރުން ދާދިފަހުން ފަސްކުރެވުނުކަން އިއުލާނުކޮށްފައިވާ ކަންނާޑާ ފިލްމު "ޓޮކްސިކް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ