މަސްވެރިންނަށް އިތުރު ނުވަ ސަރަހައްދަކުން ހެޔޮ އަގުގައި ތެެޔޮ ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހަނގުރާމައިގެ ދަތިކާ އެކު ވެސް މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުކުރަން ސަރުކާރުން އޮތީ ނިންމާފަ އެވެ.
އެކަމަކު، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބުން ދަތިކަމާއި ލިމިޓުކޮށްގެން ތެޔޮ ވިއްކުމާއި ހެޔޮ އަގުގައި ވަކި ތަންތަނުން ނޫނީ ތެޔޮ ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ. މަސްވެރިން ބުނަނީ އެކަމުގެ ސަބަބުން މަސްވެރިކަން ހުއްޓިދާނެކަމުގެ ކަމަށެވެ.
މީގެ ކުރިން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ ހަތަރު ސަރަހައްދަކުންނެވެ. އެއީ:
ފެލިވަރު
އައްޑޫ
ކުއްޑޫ
ހުޅުމާލެ ޖެޓީ
ތަފްސީލް - އިތުރު ނުވަ ސަރަަހައްދަކުން އަގު ހެޔޮކޮށް ތެޔޮ ލިބޭނެ ކަމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވި ނަމަވެސް، އެއީ ކޮން ތަންތަނަކުން ކަމެއް ވިދާޅެއްނުވެ އެވެ. މިދިޔަ ބުދަ ދުވަހު މިނިސްޓްރީން އާންމުކޮށްފައިވާ ތަންތަނުގެ ލިސްޓަށް ބަލާއިރު އެ އަގުގައި ތެޔޮ ލިބޭނީ:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ
ބ. އޭދަފުށި
ފ. ނިލަންދޫ
ކ. ހިންމަފުށި
ރ. ދުވާފަރު
ދ. ކުޑަހުވަދޫ
ފުވައްމުލައް
އެހެންކަމުން، މީގެ ކުރިން ފޯރުކޮށްދެމުންދިޔަ ހަތަރު ސަރަހައްދު ހިމެނޭހެން، މިހާރު ޖުމްލަ 13 ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިކަން މިވަގުތު އޮތް ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ހަތަރު އަތޮޅެއް ކަމަށެވެ. އެއީ ލ.، ތ.، އަދި މ. އަތޮޅު ކަމަށާއި މި އަތޮޅުތަކަށް ވެސް މިހަފްތާ ތެރޭ "ރަނގަޅު ގޮތްތަކެއް" ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ:
ވަރަށް ގިނަ ދުވަހު މަސްވެރިކަން ދަށްކޮށް އޮވެފައި މި ދުވަސްވަރު މަސްވެރިކަން ވަނީ ވަރަށް ރަނގަޅުވެފައި
މިދިޔަ ހަފްތާގައި 200 ޓަނަށް ވުރެ ގިނައިން މިފްކޯއަށް މަސް ކިރާފައިވޭ
ސަރުކާރުން މަަސަައްކަތްކުރަނީ ލައިސެންސް އޮތް ހުރިހާ މަސްވެރިންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބި، މަހަށް ފުރޭނެ ގޮތްތައް ފަހިކޮށްދިނުން
މަސްވެރިންނަށް މިހާރު އިތުރު 9 ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ