ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ނިމޭނެ: ސަރުކާރު

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްގީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ. އޭގެ ތެރޭގައި ހއ. ހޯރަފުށީ ހޮސްޕިޓަލް ވެސް ހިމެނެ އެވެ.ޕީއެސްއެމްނިއުސްގެ ރިޔާސީ ބަޔާން ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް ޝަރީފް ވިދާޅުވީ މި 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި އުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެކަމަށެވެ. އަދި މިހާރުވެސް ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް އެކި މަރުހަލާގައި ކުރެވެމުންދާއިރު މިއަހަރުގެ ތެރޭގައިވެސް ބައެއް ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށް ވިދާޅުވި އެވެ."މިވަގުތުވެސް އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވަނީ. އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ." ޝަރީފް ވިދާޅުވި އެވެ.ހެލްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު، ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ނިމިގެންދާނެކަމަށެވެ.  ހއ. ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ