މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރެވޭ ގަވައިދެއް ހަދަނީ

ރަށްރަށުގެ މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކޮށް، ފިޔަވަޅު އަޅާނެ ގަވައިދެއް ހަދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ، މޫދަށާއި، ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ. އަދި އެ ކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ. އެކަން ހައްލުކުރެވެން އޮތީ ފިޔަވަޅު އަޅައިގެން ކަމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. މަދު ފަހަރެއްގައި އަޅުގަނޑުމެންނަށް އެބަ ދިމާވޭ މޫދަށް ކުނި އެޅުން. ރަށްރަށުގައި ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އެޅުން. ގޮނޑުދޮށަށް ކުނިއެޅުން. އެކަންތައްތައް ކުރާ ފަރާތްތައް މި ގަނޫނުގެ ދަށުން އަޅުގަނޑުމެން 'ލައެބަލް' ކުރުވާނަން. އަދި އޭގެ އިތުރަށް ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ވެސް ކުރާނަން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް ތޯރިގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި، ރާއްޖޭގެ ގުދުރަތީ ވަސީލަތަކީ ވެސް ރަނގަޅު ގޮތުގައި ބަލަހައްޓަންޖެހޭ ތަނެއް ކަމަށެވެ. ސަބަބަކީ އެކަމަކީ ސީދާ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިހުރި ކަމަށްކަށް ވާތީ ވެށި ހަލާކުވުމުން އެކަމުގެ އަސަރު އިގްތިސޯދީ ގޮތުން ވެސް ކުރާނެތީކަން ތޯރިގު ފާހަގަކުރެއްވިއެވެ. ވަށައިޖެހޭ ގޮތަކަށް ކުނި މެނޭޖުކުރަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރެވެން އޮތީ ރައްޔިތުން ވެސް ހޭލުންތެރިވެގެން ކަމަށެވެ. އަދި ރައްޔިތުން ހޭލުންތެރިކުރަން ސަރުކާރުން ވެސް މަސައްކަތްކުރާނެކަން ތޯރިގު ފާހަގަކުރެއްވިއެވެ. ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ކުނި މެނޭޖުނުކުރެވި، ކުނީގެ އުނދަގުލުން ސަލާމަތްވާން އިޖުތިމާއީ ފެންވަރުގައި ވެސް އެކިއެކި މަސައްކަތް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ