މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 48 މުވައްޒިފަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ކަސްޓަމްސްގެ އެކި އޮފީސްތަކަށް އެސިސްޓަން ކަސްޓަމްސް އޮފިސަރުގެ މަގާމަށް 48 މީހަކު ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓަންޓް ކަސްޓަމްސް އޮފިސަރަކަށް ވާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
މަގާމުގެ މުސާރައަށް 5000ރ ލިބޭއިރު، އެލަވަންސްގެ ގޮތުގައި އިތުރު 4،660ރ އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ ގެ ކޮއްތު ފައިސާ ހިމަނާފައިވެއެވެ. މީގެ އިތުރުން އިތުރުގަޑީގެ ފައިސާ އާއި، ބަންދުގަޑީގެ ފައިސާގެ އިނާޔަތްތަކާއެކު، ޖުމްލަ 11،000ރ ލިބިގެންދާނެކަމަށް ކަސްޓަމްސްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކަސްޓަމްސް އަށް 48 މުވައްޒަފުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ