ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިކަން އިއުލާންކޮށް އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުންމީދެއް ހޯދައި ދިނުމަށް ކުރަމުން ދިޔަ މަސައްކަތުގައި ހާސިލްވެގެން ދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ކާމިޔާބީ ހާސިލްކުރުމުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުންނާއި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުން އަދި ސެންޓަރުގެ އެންމެހާ މުވައްޒަފުން ކުރި މަސައްކަތަށް އައިޖީއެމްއެޗުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދާއި އެއްގޮތަށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައެވެ.
ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ ރައީސް މައުމޫނުގެ ހާލުކޮޅު ރަނގަޅު، ބަލީގެ އަލާމާތްތައް ވަރަށް ކުޑަ:ޔުމްނާ ކޮވިޑް-19: މިއަދު ޕޮޒިޓިވްވި 80 އަހަރުގެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި ކޮރޯނާވައިރަސް އަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ