ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3 އިތުރުވެ، 762 މިލިއަން ރުފިޔާއަށް އަރައިފިކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ޓެކްސްއަށް ކެނޑުމުގެ ކުރިން 910 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު ކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ. އަދި މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ހާމަވެއެވެ. މިއީ މި އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު %8 އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި، ކުރީ ކުއާޓާއާއި އަލާބަލާއިރު %11 އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 322 މިލިއަން ރުފިޔާ އަދި ޖުމުލަ ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާގޮތުގައި ކުރީ ކުއާޓާއާއި އަޅާބަލާއިރު %20 އިތުރުވެ، ޓެކްސް އަށް ކެންޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 276 މިލިއަން ރުފިޔާއަށް އަރާފައެވެ. އެއާއިއެކު ސާފު ފައިފާގެ ގޮތުގައި 244 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ތެލުގެ އާމްދަނީ %4 އިތުރުވެ، އެހެނިހެން އާމްދަނީވެސް ވަނީ %19 އިތުރުވެފައެވެ.
އެ ކުންފުނިން މައުލުމާތުދޭގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ 762 މިލިއަނަށް އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ