ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރިއަކަށް، އަބްދުﷲ ސައީދު!

ދިރާގުގެ 'ވިން ޓޫ ސްޕީޑުބޯޓު' ޕްރޮމޯޝަންގައި ދިން ފުރަތަމަ ލޯންޗުގެ ނަސީބުވެރިއަކަށް އަބްދުﷲ ސައީދު ހޮވިއްޖެއެވެ. ދުއިސައްތަ ފަންސާސް ހޯސްޕަރަގެ ޔަމަހާ އިންޖީނަކާ އެކީ، ސައީދަށް ލިބުނީ، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެކެވެ. ލޯންޗުގެ ނަސީބުވެރިޔާ ދިރާގުން ހޮވީ، އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދިރާގު ބީޗުގައި ބޭއްވި ފޯރިގަދަ ހަރަކާތެއްގައެވެ. https://x.com/Dhiraagu/status/2012404519712502264 މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާއެކު ބެލެހެއްޓުމަށް، ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަނުކޮށްފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މި ގޮތުން ނެކްސާ މޯލްޑިވްސްއިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި، ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފައެވެ. https://x.com/Dhiraagu/status/2012374321281253846 'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބޭއްވި ހަރަކާތުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ހަރަކާތުގެ ގުރުއަތު ނެގުން ޓީވީއެމާއި އެސްއެސްޓީވީގެ އިތުރަށް، ދިރާގު ފޭސްބުކްއާއި ޔޫޓިއުބް ޕޭޖުން ވަނީ ލައިވްކޮށްފައެވެ. ދިރާގަކީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ