ބޭރުން ގެންނަ ހާފިޒުންނަށް ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި ރޯދަ މަސް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ދެވޭނެ: އެމްޑީޕީ ފަހުދިހައިގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ރައީސް އިލްތިމާސްކޮށްފި އޮރެންޖާ އާފަލުގެ އަގު ދެ ގުނައަށް އުފުލިއްޖެ މަގުބޫ

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހުޅުވާ ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި، ކަރާ، ކުރުނބާ އަދި ބަރަބޯ ފަދަ ހަރު ތޮށިގަނޑު ހުންނަ ބާވަތްތައް ފިޔަވައި އެހެން ކާބޯތަކެތި ބިންމަތީގައި ބަހައްޓައިގެން ވިއްކުން ސަރުކާރުން މަނާކޮށްފިއެވެ.
މާރުކޭޓު ބޭނުންކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ތަޅުންގަނޑު މަތީގައި ބެހެއްޓޭނީ ހަމައެކަނި ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ އަދި ބަރަބޯ ފަދަ ތަކެއްޗެވެ. އެ ނޫން މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކަން ވާނީ ތަޅުމުން ފެށިގެން މަދުވެގެން 2 ފޫޓު އުސް މޭޒެއް ފަދަ ސާފުތާހިރު ތަނެއްގައި ބަހައްޓައިގެންނެވެ. މިއީ ތަކެތީގެ ރައްކާތެރިކަމާއި ސާފުތާހިރުކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.
މި އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މާރުކޭޓުގެ އެތެރެއާއި ބޭރުގައި ކުނި އެޅުމަކީ މަނާ ކަމެކެވެ. އަދި ކޮންމެ ދުވަހަކު ވެސް ވިޔަފާރި ނިމުމުން، ގޮޅިތަކުގައި އުފެދިފައިވާ ކުނިތައް އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ޖަމާކޮށް، ތަން ސާފުކުރަން ޖެހެއެވެ.
މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި މާރުކޭޓުގައި ވިޔަފާރިކުރެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. ގޮޅިތަކުގައި ބިދޭސީން ތިބުމާއި، ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާނާއާއި އިމްޕޯޓު މުދާ ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ