ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 
އެގޮތުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގައި ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދު ހިއްކުމަށްޓަކައި ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ވިދާޅުވުއެވެ.
މި މަސައްކަތް ކުރިއަށްދާނީ ބޮޑެތި މަޝްރޫޢުތަކުގައި ބޭނުންކުރާ، 11,500 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ފިލިޕޯ ބުރުނެލޭސްކީ" ކޮނެބޯޓު ބޭނުންކޮށްގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ