ހައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމަށް ޑިވައިސްއެއް ދެނީ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދާ މީހުންނަށް ލޮކޭޓިން ޑިވައިސްއެއް ދޭން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަން ބުނީ މިއީ ދިވެހި ހައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ދޭ ޑިވައިސްއެއްކަމަށެވެ.
އެކޯޕަރޭޝަނުން ބުނީ ލޮކޭޓިން ޑިވައިސް ދޭނީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ކަމަށް ބެލެވޭ މީހުންނަށް ކަމަށެވެ. އަދި އެފަދަ މީހުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އެކޯޕަރޭޝަނުން ވަނީބުނެފައެވެ.
އަދި ހައްޖުވެރިން ސަޢުދީ އަރަބިއްޔާ އަށް އެތެރެވާ ހިސާބުން ފެށިގެން ޑިވައިސްދޭން ހަމަ ޖެހިފައިވާއިރު މީގެ އެހީގައި ޙަރަމްފުޅުގެ ތެރެއިން ނުވަތަ ޙައްޖުވެރިން ތިބޭ ހޮޓަލުގެ ބޭރުން ވެސް ހައްޖުވެރިއަކު ގެއްލިއްޖެ ނަމަ އެމީހަކު ހުރި ތަނެއް ފަސޭހަކަމާ އެކީ ދެނެގަނެވި އެ މީހަކު ހޯދަން ފަސޭހަވެގެން ދާނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ