އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ގާއިމުކުރި ޓޫރިޒަމް ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްފި

އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ގާއިމު ކުރި ޓޫރިޒަމް ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މި ޒޯންތައް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެ ޒޯން އިފްތިތާހު ކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަންގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީ އަށް އިގްތިސާދީ އާރޯކަމާއި ހަލުވި ތަރައްގީ ގެނެވި އައްޑޫ ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމަށެވެ. އިއްޔެ އައްޑޫ ސިޓީން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ހިތުގައި ރައީސް ސޯލިހް އަށް އޮތް ލޯތްބާއި ދެއްވާ ތަރުހީބު ފެނިގެން ގޮސްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ގާއިމުކުރި ޓޫރިޒަމް ޒޯންތައް އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު އައްޑޫ ސިޓީ މަރަދޫ، ހުޅުދޫ އަދި މީދޫ އިންވެސް ވަނީ އިކޯ ޓޫރިޒަމަށް ބިން ދޫކޮށްފައެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިކޯ ޓޫރިޒަމް މަޝްރޫއަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 2.49 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ