ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަސަސް ސައީދު ސަސްޕެންޑު ކުރަން ނިންމީ ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އިރު ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ކަމަށެވެ.
އެގޮތުން ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން، އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާސީގެ ހަސިއިއްޔަތުން، ގާޒީ ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަށް ލަފާދީފައިވީ ނަމަވެސް ފެމިލީ ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށް ވާހިނދު ގާޒީ ހަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ގާނޫނާއި ގަވާއިދާ އަދި ފެމިލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރިޔަސް، މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ