ސަރުކާަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޢާބިދާގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް މައުމޫން ސޮއި ކުރައްވައިފި

ސަރުކާރަށް 40އަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވައިފައިވާ އަލްމަރްޙޫމާ ޢާބިދާ އަޙްމަދުގެ ތައުޒިޔާގެ ދަފްތަރުގައި، ކުރީގެ ރައީސް، އަދި އެމްއާާރްއެމްގެ ޒަޢީމް، ރައީސް މައުމޫން އަބްދުލްޤައްޔޫމް ސޮއި ކުރައްވައިފިއެވެ.
މިކަމަށްޓަކައި، ރައީސް މައުމޫން އިއްޔެ ވަނީ ފޮރިން މިނިސްޓްރީއަށް ޒިޔާާރާާތް ކުރައްވައިފައެވެ.
”އެ މަރްޙޫމާއާ ގުޅޭގޮތުން ލިޔުއްވި ހެޔޮ ބަސްފުޅަށް އިންތިހާއަށް ޝުކުރު ދަންނަވަން.“ ޝާހިދު ވިދާޅުވިއެވެ.
ދިވެހި ސަރުކާރަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢާބިދާ ނިޔާވީ މި މަހުގެ 08 ވަނަ ދުވަހުގައެވެ. ނިޔާވިއިރު އުމުރުން 66 އަހަރެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ