ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދަތިއުނދަގޫ ޙާލަތުގަ ޤުރްއާން ކިޔަވާ މީހުންނަށް ދެގުނަ އިތުރަށް ޘަވާބު ދެއްވަވާނެ!

ނުކުޅެދުންތެރިންގެ ގޮތުގައި ދުނިޔެއަށް އުފަންވުމަކީ އެއްވެސް މީހަކު އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. އަދި އެފަދަ ގޮތެއް މެދުވެރިވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއްވެސް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ އެފަދަ ގޮތެއް އިރާދަކުރައްވަވައިފިނަމަ ޖެހޭނީ ޝުކުރުވެރިކަމާއިއެކު ބަލައިގަންނާށެވެ. 
ބައެއް މީހުންނަށް ތަޖުވީދުމަގުން ކިޔެވުމަށް ހުރަސްތައް ކުރިމަތިވެއެވެ. ބައެއް އަކުރުތައް މަޚްރަޖުން ނުކިޔެވޭތީއެވެ. އަދި ވާހަކަ ދެއްކުމުގައި ހުންނަ އުނދަގުލުގެ ސަބަބުން އެކުލަވާލައިގެން ކިޔަވަންވެސް ހުރަސްތައް ކުރިމަތިވެއެވެ. މިފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ކަންބޮޑުނުވާށެވެ! ކިޔެވޭ ގޮތަކަށް ކިޔަވަން މަސައްކަތްކުރާށެވެ. 
Narrated Aisha:
The Prophet (ﷺ) said, "Such a person as recites the Qur'an and masters it by heart, will be with the noble righteous scribes (in Heaven). And such a person exerts himself to learn the Qur'an by heart, and recites it with great difficulty, will have a double reward."
Reference
 : Sahih al-Bukhari 4937
In-book reference
 : Book 65, Hadith 458
މިޙަދީޘްފުޅުން އެނގިގެންދަނީ ދަތިޙާލުގައި ޤުރްއާން ކިޔެވުމަކީ ޘަވާބު ދެގުނައަށް އިތުރުކުރައްވަވައި ދެއްވަވާ ކަމެއް ކަމެވެ. 
ސުވާލު:. އަޅުގަނޑު މަންމައަކީ އުފެދުމުގައިވެސް ރީތިކޮށް ވާހަކަ ނުދެއްކޭމީހެކެވެ. ޤްރުއާން ވެސް ރީތިކޮށް ނުކިޔެވެއެވެ. އެހެން ކަމަށް ވަނީނަމަ، މަންމަ ކުރާ ނަމާދުތައް ޞައްޙަވާނެތޯ؟ މަންމަ ބަރާބަރަށް ނަމާދު ކުރޭ އެކަމަކު ނަމާދުގައި ކިޔާ ތަކެތި މަންމައަށް ކިޔާކަށް ނޭންގެ، މަންމައަށް ހަމަ ނޯމަލް މީހަކާ އެއްވަރަށް ޘަވާބު ލިބޭނެތޯ؟ 
ޖަވާބު:. މަންމަގެ އުފެދުމުގައި ހުރި ނުކުޅެދުންތެރި ކަމަކީ މަންމަގެ ކުށެއްނޫނެވެ. (އެކަމާ ދެކޮޅަށް ކުރެވޭނެ ކަމެއް މަންމައަކަށް ނެތެވެ.) ވީމާ ހުރި އެ ނުކުޅެދުންތެރި ކަމާއެކުވެސް ކިޔަވާނަމަ، އިން ޝާ ﷲ ނޯމަލް މީހަކާ އެއްވަރަށް ނުވަތަ އިތުރަށް ޘަވާބު ދެއވަވާނެތެވެ. އިން ޝާ ﷲ
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ