ބަންކަރިން ފަދަ ހިދުމަތްތައް މީގެ ކުރިން ފެށިފައި ނުވަނީ ކުރީގެ ސަރުކާރުތަކުގެ ވެރިންގެ ކެރުންތެރިކަން ނެތުމުން -ސައީދު ބަންކަރިންގެ ޚިދުމަތް ތާރީޚީ މަސައްކަތެއްގެގޮތުގައި ! އދ.ގެ އާންމު މަޖިލީހުގައި ތަގްރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގަން

އައްޑޫސިޓީ ޕޯޓު، އިންޓަނޭޝަނަލް ސީފުޑް ހަބަކަށް ހައްދަވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ރަސްމީކޮށް ފެށުމަށް ޓަކައި އިއްޔެ ހަވީރު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ އައްޑޫ ސިޓީގެ ޕޯޓުން މިހާރު ކުރާ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، އެތަނުން ފައިދާވާނެ ގޮތް ހެދުމަށް ޓަކައި އިންޓަނޭޝަނަލް ސީފުޑް ހަބަކަށް ހައްދަވާނެ ކަމަށެވެ.
“އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ޕޯޓެއް އޮންނަތާ 19 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެތަނުން ކުރާ ފައިދާއެއް ނެތް ކަމަށާއި މުޅިން ވެސް ހިންގަނީ ގެއްލުމުގައި ” ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކުރުމަށް ޓަކައި އައްޑޫ ސިޓީއަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ ޕޯޓު އިންޓަނޭޝަނަލް ސީފުޑް ހަބަކަށް ހެދުމަކީ ވިސްނުންކަމަށާއި އެ ވިސްނުން އައީ ދުނިޔޭގެ ބޮޑު ޖަމިއްޔާއަކުން ކުރި ދިރާސާއަކުން އައްޑޫ ސަރަަހައްދަކީ މުޅި އޭޝިއާ ބައްރުގައި ވެސް އިންޓަނޭޝަނަލް ފިޝް ހަބެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދުކަމަށް ދައްކާފައިވުމުން ކަމަށް ވަޖީހު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އިއްޔެ ފެށި ބަންކަރިންގެ ޚިދުމަތާއި ގުޅޭގޮތުން ވަޖީހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމާއި މަސްވެރިކަމަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ރާއްޖެއަށް މެރިޓައިމް ދާއިރާއިން ލިބެން ހުރި ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދީ އެކަމުގެ މަންފާ ގައުމަށް ހޯދައި ދެއްވުން ކަމަށެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައެއް އަދާ ކުރާ ފަރާތަކީ އެމްޕީއެލް ކަމުގައި ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވަނީ ރާއްޖޭގައި ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕީއެލުން ކުރި މަސައްކަތްތަކަށާއި ކުރަން ނިންމާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލެއް ގާއިމުކުރައްވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އޭރުން ބޮޑެތި ޓޭންކުތައް ބަހައްޓައިގެން ބަންކަރިން ޚިދުމަތް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އެމްޕީއެލުން ހިންގާ ގޮތަށް ކޮންޓެއިނާ ޓާމިނަލެއްވެސް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޓާމިނަލް ވެގެންދާނީ މިގައުމުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ފޯރުކޮށްދޭ ޓާމިނަލަކަށެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ