ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ޑރ. މުނާ

ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ޑރ. ފާތިމަތު މުނާ އައްޔަންކޮށްފި އެވެ.މުނާ މި މަގާމަށް އައްޔަންކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މުނާއަށް ލިޔުން ހަވާލުކޮށްދެއްވީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހެވެ.އެ ރަސްމިއްޔާތުގައި ޑރ. މުނާ ވިދާޅުވީ ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންވާ ގޮތަށް ހާސިލްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.އާ ޕާމަނަންޓް ސެކްރެޓަރީ މިއަދު ދެއްކެވި ވާހަކައިގައި އެ ކަމަނާއަށް ލިބިލައްވައިފައިވާ ތަޖުރިބާގެ އަލީގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.ކުރިން މީޑިއާ ކައުންސިލްގެ އިސް މަގާމެއްގައި ހުންނެވި ޑރ. މުނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. ނަމަވެސް އޮފީހަށް ނިކުންނަން އޮތް ފުރަތަމަ ދުވަހު ވަނީ ގޭގައި މަޑުކުރުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ