ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމަންޓް ފަދަ ތަކެތި ހެދުމާއި، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅި ނަމަވެސް، އެފަދަ އެއްވެސް މޮނިއުމެންޓެއް ނެގުމަށް ރާއްޖޭގެ އެއްވެސް ކައުންސިލަކަށް އަދި އަންގާފައި ނުވާކަން އެނގިއްޖެ އެވެ.
އަދަދު ނޫހާ ވާހަކަދެއްކި ބައެއް ކައުންސިލްތަކުން ބުނީ އެފަދަ އެއްވެސް އެންގުމެއް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ.
"އަދި އެއްވެސް އެންގުމެއް އަންގައިފައެއް ނެތް، މޮނިއުމެންޓު ނަގާކަށް. އެކަހަލަ އެއްވެސް ވާހަކައެއް އަދި ނާދޭ،" ރާއްޖޭގެ ރަށެއްގެ ކައުންސިލް ރައީސް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ދައުލަތުގެ ތަންފީޒީ އެއްވެސް އިދާރާއަކުން މިހައިތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމަންޓް ފަދަ ތަކެތި ހެދުމާއި، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ފަތުވާ މަޖިލީހުން ކަނޑައެޅީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އެ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރޭ އެއްޗެއްގެ ސިފައިގައި ބުދު، މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމެކެވެ.
އެ ފަތުވާގައި ދަލީލެއްގެ ގޮތުން ނަގާފައިވަނީ މައްކާ ފަތަހަ ކުރެއްވި ދުވަހު ކައުއިތުރު ރަސޫލާ، ގެފުޅު ތެރޭގައި ހުރި ބުދުތައް ނައްތާލެއްވުމަށް ޞަހާބީންނަށް އަމުރުކުރެއްވި ހާދިސާ އެވެ. އަދި އަލީގެފާނަށް ރަސޫލާ ދެއްވި އިރުޝާދެއްގައި، އެއްވެސް ބުދެއް އޭގެ ސިފަ ހަލާކުނުކޮށް ދޫނުކޮށްނުލުމަށާއި، އުސްކޮށް ހަދާފައިވާ ގަބުރެއް ބިމާ ހަމަނުކޮށް ދޫނުކޮށްލުމަށް އަންގަވާފައިވާކަން ފަތުވާގައި ފާހަގަކޮށްފައިވެ އެވެ.
ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ:
ފަތުވާ ނިންމާލަމުން ބުނެފައިވަނީ، އިހުގެ މީހުންވެސް ބުދުތަކަށް އަޅުކަން ކުރަން ފެށީ ސޯލިހު މީހުންގެ ހަނދާނުގައި ބެހެއްޓި ބުދުތަކަށް ޒަމާންތަކެއް ފަހުން މީސްތަކުން ޝިރުކުކުރަން ފެށުމުން ކަމަށާއި، އެހެންކަމުން މުސްލިމުން މިފަދަ ކަންކަމުން ދުރުހެލިވެ، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ފަތުވާ ކޮމިޓީން ހަރާމްކަމަށް ކަނޑައެޅި ނަމަވެސް، ރާއްޖޭގެ އެއްވެސް ރަށެއްގައި ހުރި މޮނިއުމެންޓުތައް ނަގަން އަދި ނާންގާ ފަތުވާ ކޮމިޓީން ހަރާމްކަމަށް ކަނޑައެޅި ނަމަވެސް، ރާއްޖޭގެ އެއްވެސް ރަށެއްގައި ހުރި މޮނިއުމެންޓުތައް ނަގަން އަދި ނާންގާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ