ޅ. އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާ ކޮށްދިން އާ މިސްކިތް ހުޅުވައިފިއެވެ.
މި މިސްކިތަށް ދީފައިވާ ނަމަކީ ''މަސްޖިދުއް އިޚްލާޞް'' އެވެ.
މި މިސްކިތް ހުޅުވާފައި ވަނީ ހުކުރު ދުވަހުގެ ފަތިހު ފަތިސް ނަމާދަށްފަހުއެވެ.
މި މިސްކިތް ހުޅުއްވައިދެއްވީ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އިލްޔާސް ހުސައިނެވެ. ހުކުރު ދުވަހު އެ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދުކޮށްދެއްވީ ވެސް ސައިޚް އިލްޔާސެވެ.
މި މިސްކިތް ހުޅުވުމުގެ އުފަލުގައި ހުކުރު ދުވަހު މެންދު ހުކުރު ނަމާދަށްފަހު އޮޅުވެލިފުށީ ރައްޔިތުންގެ ފަރާތުން ވަނީ ޖާފަތެއް ދީފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްދިން މިސްކިތް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ