ބީއެމްއެލްއަށް ބައިނަލްއަގުވާމީ އެވޯޑެއް

މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭންޝަލް އިންކްލޫޝަން"ގެ ޝަރަފުވެރި އެވޯޑު، ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025 ގައި ބޭންކް އޮފް މޯލްޑިވްސްއަށް ދީފި އެވެ.ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލް އަށް އެ ފަހުރުވެރި އެވޯޑް ދިނީ ދުބާއީގައި ބޭއްވި "ރީއިންވެންޓް ފޯރަމް 2025" އެވެ.މި އެވޯޑު ބީއެމްއެލް އަށް ދިނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުއާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭންކިން ހިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.އެ ބޭންކުން ވަނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ފެށި ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ހިދުމަތް ފަށައިފަ އެވެ. ބޭންކިންގެ ހިދުމަތްތައް ފުޅާކުރުމަށް ހިންގި އެ މަޝްރޫއު ނިންމާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ."މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، އެތައް ހާސް ދިވެހީންނަށް ފަސޭހަކަމާ އެކު ވާސިލުވެވޭނެ ބޭންކިން ހިދުމަތް ހޯދޭނެ މަގު އެ ބެންކުން ވަނީ ފަހިކޮށްދީފަ އެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި އެވޯޑު ލިބުމަކީ ލިބޭ ފަހުރެއް ކަމަށެވެ."މިކަމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތެއް ފޯރުކޮށްދިނުން." ޝަރީފް ވިދާޅުވި އެވެ.ކޯރަސް އަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. އަދި މީގެ އިތުރުން ކޯރަސްއަކީ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެކެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ