ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ޔާސިރު އަބްދުއްލަޠީފް މިރޭ ހައްޔަރުކޮށްފިއެވެ.
ޔާސިރު ހައްޔަރުކޮށްފައިވަނީ އެމްޑީޕީން އިސްނަގައިގެން މިރޭ ކުރިއަށްދާ ބޮޑު އެއްވުމުގެ ތެރެއިންނެވެ.
އެގޮތުން މި އެއްވުމުގައި ޔާސިރު ހައްޔަރުކޮށްފައިވަނީ މިރޭ 22:30 އެހާކަންހާއިރު އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީމަގުން ކުރިއަށްދަނިކޮށެވެ.
މި އެއްވުމުގައި ޔާސިރުގެ އިތުރުން މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެމްޑީޕީއަށް ތާއީދުކުރާ ގިނަބަޔަކު ބައިވެރިވި މި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އާއި އެމްޑީޕީގެ އިސްވެރިން ދަނީ ބައިވެރިވަމުންނެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށެވެ. އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފަވެއެވެ. އެހެންވެ، އެ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ޔާސިރު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ