ދިރާގުޕޭ ބޭނުންކުރުމުން، ބާބާ ގާޑިޔާގެ ޝަވަރުމާއެއް 1 ރުފިޔާއަށް
ދިރާގު ފިންޓެކްއިން, ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ. އެ ޚާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބޭނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިންނެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ، އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00އިން 6:00އަށް، އަދި ރޭގަނޑު 8:00އިން 10:00އަށް ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގައެވެ. އެ ދުވަހު ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ޚަރަދުކޮށްގެން، ބާބާ ގާޑިޔާއިން ޝަވަރުމާއެއް ލިބިގެންދާނެއެވެ. ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް، ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ދިރާގުން ވަނީ ދާދި ފަހުން ވެސް މި ފަދަ ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭގެ ކަސްޓަމަރުންނަށް ވަނީ އެއް ރުފިޔާއަށް ކޮފީ ލިބިފައެވެ. އެއް ރުފިޔާއަށް ކޮފީ ލިބުނު މި ޕްރޮމޯޝަންގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެ، ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ، އެ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ޚާއްސަ ޕްރޮމޯޝަނަކީ، ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ