އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ވޭޕް ނައްތާލައިފިއެވެ.
އެގޮތުން ނައްތާލާފައިވަނީ ގަލޮޅު ޕޮލިސް، ހެންވޭރު ޕޮލިސް އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދޭގޮތުން، ދޫނިދޫ ގައި އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖެވެ.
މީގެއިތުރުން، 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް އަދި 3 ކާޓޫނު ސިގިރެޓް ނައްތާލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖް ގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
100 އަށްވުރެ ގިނަ ވޭޕްއާއި، 1000 އަށްވުރެ ގިނަ ނެނޯސްޓިކް ނައްތާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ