10 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅެވުނު މެޗުގައި 34-14 ގެ ނަތީޖާއަކުން އެންއައިސީއީ ބަލިކޮށް ސުޕަރ ޖެނެރޭޝަން ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މާލޭ ސިޓީގެ އައުޓްޑޯ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 14-4 ގެ ނަތީޖާއަކުން ސުޕަރ ޖެނެރޭޝަން ކުލަބު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ސުޕަރ ޖެނެރޭޝަން ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު އިތުރު 20 ލަނޑު ކާމިޔާބުކުރި އިރު އެންއައިސީއީ އަށް މިހާފުގައި ކާމިޔާބުކުރެވުނީ 10 ލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 34-14 ގެ ނަތީޖާއަކުން ސުޕަރ ޖެނެރޭޝަން ކުލަބު ކުރީގައި އޮވެގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕަރ ޖެނެރޭޝަން ކުލަބުގެ އައިޝަތު އާނާ ފަތުހުﷲ އެވެ.
މިއަހަރުގެ ގައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަންގައި 16 ޓީމު ބައިވެރިވެފައިވާއިރު، މިއީ ސްޕަރ ޖެނެރޭޝަން ކުލަބުން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ.
އެގޮތުން 2022 ވަނަ އަހަރު ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ވާދަކޮށް ދެވަނަ ބުރުން ޖާގަހޯދިއިރު، މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އެޓީމުން ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ފުރަތަަމަ މެޗުން މޮޅުވެ، ސުޕަރ ޖެނެރޭޝަން ކުލަބުން ފެށުން ރަނގަޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ