އައްޑޫ ހިތަދޫގައި ހިންގި މާރާމާރީތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ތަފްސީލް - ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ބުނެފައިވަނީ، އެ މައްސަލައިގެ ތުހުމަތުގައި އިއްޔެ 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - އައްޑޫގައި މިދިޔަ ހުކުރު ދުވަހާއި އާދިއްތަ ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން 11 މީހަކު ގެންގޮސްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ބަންދުގައި ބަހައްޓަން ނުފެންނާތީ ވަނީ ދޫކޮށްލާފަ އެވެ.
މި މާރާމާރީތަކާ ގުޅިގެން:
ހުކުރު ދުުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި ހަމަ އެ ދުވަހު 18 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު މީހަކު ހައްޔަރުކުރި
އެ ހަމަލާއާ ގުޅިގެން، އަންގާރަ ދުވަހު 23 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި
އާދިއްތަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި އަންގާރަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި
ބުދަ ދުވަހު އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވޭ
ފުލުހުން ބުނެފައިވާ ގޮތުން، އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
ހިތަދޫ މާރާމާރީތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ