ޝަރުއީ ދާއިރާގެ މުސާރަ ބޮޑު ކުރަން އެމްޑީީޕީން ދެކޮޅު ހަދައިފި
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދެކޮޅު ހަދައިފި އެވެ.ހިސާން ހުށަހެޅުއްވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރުމަށެވެ. އިއްޔެގެ މަޖިލީހުގެ ތަޅުމުގައި އެކަން ހާމަކުރައްވައި ހިސާން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުން މަސައްކަތް ކުރާ 1،900 މުވައްޒަފުން ތިބި ކަމަށެވެ.އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރުމަށް އަންނަ އަހަރަށް 43 މިލިއަން ރުފިޔާގެ ބަޖެޓެއް އިތުރު ކުރުމަށެވެ. އަދި މުވައްޒަފުންގެ އިންޝުއަރަންސް ހަމަޖެއްސުމަށް ބޮލަކަށް އަހަރަކު 3،500 ރުފިޔާ ހަމަޖެއްސުމަށް ހަ މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށެވެ.ހިސާން ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 2009 ވަނަ އަހަރުން ފެށިގެން އިތުރުވެފައި ނުވާކަންވެސް ފާހަގަކުރައްވާފަ އެވެ.އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ފަނޑިޔާރުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް ކުރިއަށް އޮތް ތިން އަހަރަށް، ކޮންމެ އަހަރަކަށް 49 މިލިއަން ރުފިޔާ އިތުރުކޮށް އެ އަދަދު ހާއްސަ ބަޖެޓުގެ ޕޭ ހާމަނައިޒް ކުރުމާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖައާކުރުމުގެ ބައިން އުނިކުރުމަށް ހިސާން ވަނީ ހުށަހަޅުއްވާފަ އެވެ."ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ޕޭ ހާމަނައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް މަގުފަހި ވެގެން ދިޔައީސް، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ 2009 ވަނަ އަހަރުން ފެށިގެން އިތުރުވެފައި ނެތް، ޝަރުއީ ދާއިރާގެ މުސާރަ ކަނޑައެޅުމުގެ މެންޑޭޓެއް ވެސް އެ ދާއިރާއަށް ލިބިފައި ނެތް،" ހިސާން ވިދާޅުވި އެވެ.ޕާލަމެންޓަރީ ގުރޫޕުގެ ނިންމުމާ ހިލާފު ނުވުމަށް، ބަޖެޓަށް ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދެވުމަށް ހިސާން ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ