ސަންގު ސަރވޭ: އައްޑޫ ހިތަދޫ އުތުރު ގޮނޑި 57% އިން ކާމިޔާބުކުރާނީ އެމްޑީޕީ ސޯބެ!

މާދަމާ ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރާނީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކަމަށް ސަންގުގެ ސަރވޭއިން ދައްކައިފިއެވެ.
ސަންގުން މި ބައިއިލެކްޝަންގެ ނަތީޖާ އަންދާޒާާކުރަން ހިންގި ސާވޭގައި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 1088 މީހުންނާ ސުވާލުކުރެވިފައިވެއެވެ. މި ސަރވޭގައި ސުވާލުކޮށްފައި ވާނީ އެ އިންތިހާުބުގައި ވޯޓު ދޭނީ ކޮން ޕާޓީއަކަށް ތޯއެވެ.
ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ޖަވާބުދީފައިވަނީ އެ ފަރާތްތަކުން ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށެވެ. އެއީ 617 މީހުންނެވެ. ޕީއެންސީއަށް ވޯޓު ދޭނެ ކަމަށް ޖަވާބުދިނީ 43 އިންސައްތަ، ނުވަތަ 471 މީހުންނެވެ.
ސަންގު ސަރވޭގެ ނަތީޖާ —
މި ސަރވޭ ސަންގުން ކުރިއަށް ގެންގޮސްފައިވަނީ އައްޑުއަށް ސަންގުގެ ޓީމެއް ގޮސްގެންނެވެ. އަދި މާލޭގައި ތިބި ހިތަދޫ އުތުރު ދާއިރާގެ ވޯޓުލެވޭ މީހުންނާ ސުވާލުކޮށްގެންނެވެ.
ދިހަ އަހަރު އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވި ސޯބެއާ މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. ޕީއެންސީގެ ޕްރައިމެރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށް ބުނެ ސިނާން ޓިކެޓު ދޫކޮށްލެއްވީއެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ