ފެނަކައިގެ މުވައްޒަފުން ވަކިކުރުމުގެ ކުރިން ހުއްޓަންވީ ބޭކާރު މަގާމުތައް އުފެއްދުމާއި ސަރުކާރުގެ އިސްރާފު: އަލީ ހުސެއިން
ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ އާދައިގެ ނިކަމެތި މުވަައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރުމުގެ ކުރިން ސަރުކާރުގެ ބޮޑެތި އިސްރާފުތައް ހުއްޓާލައި، ބޮޑެތި މުސާރަތައް ލިބޭ ބޭކާރު މަގާމްތައް އުފެއްދުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާނޫނީ ވަކީލް އަލީ ހުސެއިން ވަނީ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައިއެވެ. https://x.com/AleeVoice/status/2062824944271331680?s=20 އެގޮތުން އަލީ ހުސެއިން ލިޔުއްވާފައިވަނީ ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ އާދައިގެ ނިކަމެތި މުވަައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރުމުގެ ކުރިން ސަރުކާރުގެ ބޮޑެތި އިސްރާފުތައް ހުއްޓާލަން ޖެހޭ ކަަމަށެވެ. އަދި ބޮޑެތި މުސާރަތައް ލިބޭ ބޭކާރު މަގާމްތައް އުފެއްދުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ފުރަތަމަ ވެސް އެންމެ އާދައިގެ މީހުންނާ ދިމާކޮށް އެމީހުން މަގުމަތިކުރުން ރަނގަޅެއް ނޫން ކަމަށް ލިޔުއްވާފައިވެއެވެ. "ފެނަކައިގަ ތިބީ އާދައިގެ މުވައްޒަފުން ވަކިކުރުމުގެ ކުރިން ސަރުކާރުން ކުރަމުންދާ ބޮޑެތި އިސްރާފުތައް ހުއްޓާލަންޖެހޭ. ބޮޑެތި މުސާރަތައް ލިބޭ ބޭކާރު މަގާމްތައް އުފެއްދުން ނިމުމަކަށް ގެންނަންޖެހޭ. ފުރަތަމަވެސް އެންމެ އާދައިގެ މީހުންނާ ދިމާކޮށް އެމީހުން މަގުމަތިކުރުން ރަނގަޅެއް ނޫން." އަލީ ހުސެއިން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ. https://sun.mv/222777 ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރެއްވި މެމޯއެއްގައިވާ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިގޮތަށް ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ވިދާޅުވީ، މިއީ ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ތިބުމުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. https://sun.mv/222793 ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ. އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި 30،312 މުވައްޒަފުން ތިބި ކަމަށް ފަހުގެ ތަފާސްހިސާބުން ދައްކާއިރު، އެ އަދަދާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު އެއް ކުރުމުން ޖުމްލަ 72،312 އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ