ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.އެ ކޯޓުން މީގެ ތިން ހަފްތާ ކުރިންވެސް ފަނޑިޔާރުން ހޯދަން އިއުލާނު ކުރިއެވެ.މި މަގާމުގެ އަސަސީ މުސާރައިގެ ގޮތުގައި މަހަކު 30,000 ރުފިޔާ ލިބޭ އިރު ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބިގެންދާނެ އެވެ.ތިނެއް އޮކްޓޯބަރު ތިން ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް އެކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް [email protected] ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް ޖޭއެސްސީންގެ އެ އިއުލާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ