ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން 6 އެއާޕޯޓު އަޅަން ފައިސާ ހޯދަން ބަޔަކާ ހަވާލުކޮށްފި

ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގައި އެއާޕޯޓު ހަދަން ފައިސާ ހޯދަން އިތުރު ބަޔަކާ ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ފައިނޭންސިން އެއްބަސްވުން މިފަހަރު ހެދީ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރި ކުރާ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާ އެކުއެވެ.
ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި އެއާޕޯޓް ހެދުމަށް، ސަންލޭންޑް ހޮޓެލްސް އާއި ސަންލޭންޑް ޓްރެވަލްސްގެ ހިއްސާދާރުންގެ ކުންފުންޏެއް ކަމަށް ވާ ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު މިދިޔަ މަހު ވެސް ފައިނޭންސިން އެއްބަސްވުމެއް ސަރުކާރުން ވަނީ ހަދާފައެވެ.
ދެކުނު ދުނި ކުންފުނިން އަދި އެއްވެސް ވިޔަފާރިއެއް ކުރާ ކަމަކަށް ފިނޭންސް މިނިސްޓްރީގެ ޕޯޓަލް އިން އެނގެން ނެތް އިރު އެ ކުންފުންޏަށް ހަވާލު ކުރީ އެ 6 މަޝްރޫއުގެ ތެރެއިން ކޮން މަޝްރޫއަކަށް ފައިސާ ހޯދަން ކަމެއް ސާފެއް ނުވެއެވެ. އަދި މިއަދު މުނި އާ އޭކު ސޮއި ކުރި އެއްބަސްވުމުގެ ތަފްސީލުތައް ހާމަ ކޮށްފައި ނުވާ އިރު އެ 2 ކުންފުންޏަށް ދީފައިވާ މުހުލަތެއް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ