ނަމުން ސިޓީއެއްގެ ދަރަޖަދީ ރައްޔިތުން ހެއްލުން ބަލައެއް ނުގަނެވޭ: ނާޒިމް

މާލެ ސިޓީގެ އިތުރުން އުތުރުގައި ކުޅުދުއްފުށި ސިޓީ އަދި ދެކުނުގައި އައްޑޫ އާއި ފުވައްމުލަކު ސިޓީ އެބައޮތެވެ. ނަމަވެސް ރަށްތައް ސިޓީތަކަށް ބަދަލުވެގެން ދިޔައިރު ހިދުމަތްތަކަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.
ނަމުން ސިޓީ އެއްގެ ދަރަޖަ ދޭން ވައުދުވެ އަސާސީ ހިދުމަތްތަކަށް ސަލާން ޖަހާ ރައްޔިތަކު ހެއްލުން އެއީ ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.ނާޒިމް މިހެން ވިދާޅުވީ ހުވަދޫ އަތޮޅު ދެކުނުބުރީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެފައިވަނިކޮށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމުން ސިޓީ އެއްގެ ދަރަޖަ ދޭން ވައުދުވެ އަސާސީ ހިދުމަތްތަކަށް ސަލާން ޖަހާ ރައްޔިތަކު ހެއްލުން އެއީ ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިހާރު ވެސް ރާއްޖޭގައި ސިޓީއެެއްގެ ދަރަޖަ ދީފައިވާ ތަންތަން އެއީ ދިރިއުޅެން ފުރިހަމަ ހިދުމަތްތައް ލިބޭ ތަންތަން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.ރައީސް ސޯލިހް މިއަދު ވިދާޅުވި ގޮތުގައި ތިނަދޫ ސިޓީއަކަށް ބަދަލު ކުރައްވާނެ ކަމަށާ އެ ރަށް ތަރައްގީ ކުރައްވަމުން ގެންދަވަނީ އެ ކަމަށް ބައްލަވައިގެން ކަަމަށެވެ. ތިނަދޫގައި ބައިނަލްއަގުވާމީ ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ތިނަދުއާ ކައިރީގައި އެއާޕޯޓެއް ތަރައްގީކޮށް އެ ރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމު ވެގެންދާނެ ކަމަށެވެ.މާލެ ސިޓީގެ އިތުރުން އުތުރުގައި ކުޅުދުއްފުށި ސިޓީ އަދި ދެކުނުގައި އައްޑޫ އާއި ފުވައްމުލަކު ސިޓީ އެބައޮތެވެ. ނަމަވެސް ރަށްތައް ސިޓީތަކަށް ބަދަލުވެގެން ދިޔައިރު ހިދުމަތްތަކަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. މުހިންމު ހިދުމަތްތައް ހޯދަން އަދިވެސް އަންނަން ޖެހެނީ ވެރިރަށަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ