ބޮޑު ހިޔާނާތުގެ ރިޕޯޓް : އެސްއޯއެފްއިން ތ. ގުރައިދާ ދާއިރާގެ މެންބަރުގެ އެކައުންޓައް 250،000 ޑޮލަރު

އެެމްއެމްޕީއާރްސީގެ ބޮޮޑު ޚިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 ޑޮލަރު ޖަމާކޮށްފައިވާކަން އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީއިން މިއަދު ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އެސްއޯއެފްއިން ފައިސާ ޖަމާކުރި އެކައުންޓްތައް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހާމަކޮށްފައިވާ އިރު، ގުރައިދޫ ދާއިރާގެ މެމްބަރުގެ އިތުރުން މޫސާ މަނިކް އަދި އޭރުގެ މެމްބަރު، އަހުމަދު މަހުލޫފު އެކައުންޓަށް ވަނީ ފައިސާ ވަދެފައެވެ.
ހުސައިން މަނިކު ދޮންމަނިކަކީ މިހާރު ޖޭޕީ މެމްބަރެކެވެ. އޭނާއަކީ ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައު ހުރި މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ