ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ބިރު ފަހަނައަޅާ ދާން ޖެހޭ: މައުމޫނު
ސިޔާސީ ގޮތުން ކަމިޔާބީއާ ހަމައަށް ވާސިލުވުމަށް ބިރު ފަހަނައަޅާ ދާން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ. އަމިއްލަ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި މިހާރު ހުންނެވި ރައީސް މައުމޫނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ކަމެއް ކާމިޔާބު ކުރުމަށް ހިއްވަރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ބިރު ގަނެގެން ކާމިޔާބީއާ ހަމައަށް ވާސިލު ނުވެވޭނެ ކަމަށް މައުމޫނުގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެވެ. Integrity and courage are crucial for success in all political endeavours. If we allow fear to restrict our actions we will never deliver. — Maumoon Abdul Gayoom (@maumoonagayoom) August 10, 2016 މައުމޫނު އެހެން ވިދާޅުވެ ޓުވީޓް ކުރައްވާފައިވާ އިރު މިދަނޑިވަޅަކީ އެމަނިކުފާނު ރައީސްކަން ކުރައްވާ ޕާޓީ ޕީޕީއެމްގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ. ހިޔާލު ތަފާތުވުންތައް އާންމުންނާ ހަމައަށް އުފަން ވެގެން އައީ ބިޑް ނުކޮށް ރަށްތައް ދޫކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވި ހިސާބުންނެވެ. ރައީސް މައުމޫނު އެ އިސްލާހަށް ތާއީދު ނުކުރެއްވުމަށް އެދިވަޑައިގެންފައި ވަނިކޮށް މަޖިލިސް މެމްބަރުން ވަނީ ރައީސް މައުމޫންގެ އެެ އެދިވަޑައިގަތުމާ ހިލާފުވެވަޑައިގެންފަ އެވެ. އަދި މި ހަފުތާގައި ފާސްކުރި ހިޔާލު ފާޅުކުރުން ހަނިކުރާ ބިލަށް ވެސް ވޯޓު ނުދެއްވުމަށް މައުމޫން ވަނީ ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕް މެންބަރުންނަށް އިލްތިމާސް ކުރައްވައިފި އެވެ. ރައީސް މައުމޫނު ވަނީ ޕީޕީއެމްގެ ހުރިހާ ބާރުތަކެއް އަތްޕުޅަށް ނަންގަވައި ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ