ބިން ހިއްކުމަށް ކޮށްފައިވާ ޕްލޭންތަކާމެދު އަލުން ވިސްނަންޖެހޭ: ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި ރައީސް ނަޝީދުގެ މައްސަލައިގައި ހުކުމް އިއްވުން މިއަދު ހަވީރު! ޑިމޮކްރެޓްސް އިން ބޭނުންވަނީ އެ ޕާޓީގެ ރިޔާސަތެއްގައި މުއިއްޒު ހުވ

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ފައިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އާއި މިއަދު ބައްދަލުކުރައްވައި ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ވީސީއެފް އިން މިއަދު ބުނީ މި ބައްދަލުވުމުގައި ތިމާވެށި ހިމާޔަތްކުރުމާ, ރާއްޖޭގެ ދަރަނީގެ މައްސަލައިގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ފައިސާ ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން 50 މިލިއަނަށްވުރެ އިތުރަށް ހަރަދުވާ މަސައްކަތްތައް ފަށާނީ ޖޫން މަހަށް ފަހު ކަމަށް ރައީސް މުއިއްޒު މިދިޔަ ހަފްތާގައި ވިދާޅުވުމުން ރައީސް ނަޝީދުވަނީ އެ ކަމަށް ތައުރީފުވެސް ކުރައްވައިފަ. އަދި އެމަނިކުފާނުވަނީ ސަރުކާރުން މާލީ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު އަދާކުރަމުންދާކަން ފެނުމަކީ ރަނގަޅު ކަމެއްކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެ ދަރަނިވެރިވެ, އައިއެމްއެފްގެ ޕްރޮގްރާމެއްގައި ވައިވެރިވާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ ފެބްރުއައީ މަހުގެ ތެރެގައި ފެތުނު ވާހަކަތަކާއި ގުޅުވައިގެން ވެސް ރައީސް ނަޝީދު ވަނީ ދިވެހިރާއްޖެ އެ ހާލަތައް ނުދާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މި މަހުން ފެށިގެން މަޖިލީހުގެ ދައުރު ނިމެންދެން އެ މަނިކުފާނު މުސާރަ އުނިކޮށްދިނުމަށް ވެސް ވަނީ އެދިލައްވައިފައެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް މިމަހ ފޮނުއްވި ސިޓީއެއްގައި ވަނީ، ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށެވެ.
އެ މަސައްކަތް ނަޝީދާ ރަސްމީކޮށް ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ އެތައް ކަމެއްކޮށް މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވޭ. އެހެންވެ، އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެ ސިޓީގައި ނަޝީދު ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ރައީސަކަށް މި ދައުރުގެ ބޮޑު ބައިގައި ހުންނެވި ނަޝީދު އެ މަގާމުން އިސްތިއުފާދެއްވީ އެމްޑީޕީން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެވަނަ ފަހަރަށް ހުށަހެޅުމާ ގުޅިގެން. އެއަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި އެ މަނިކުފާނު ވަނީ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން އިއުލާނުކުރައްވައިފައެވެ.
ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ