ޑޮލަރުގެ އަގު މައްޗަކަށް ނާރާނެ, ދާނީ ދަށަށް: ރައީސް ޑރ. މުޢިއްޒު

ޑޮލަރުގެ އަގު އިންތިހާއަށް މައްޗަކަށް ނާރާނެ ކަމަށާއި އޭގެބަދަލުގައި ދެން ދަނީ ކުރިއަށްވުރެ ދަށަށް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތާއެކު އިޤްތިޞާދު ވަރުގަދަވަމުން އަންނަކަމަށެވެ. އަދި ސަރުކާރުން އެޅުއްވި އިޤްތިޞާދީ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓިފައިވާކަމަށެވެ. މީގެއިތުރުން ދިވެހި ފައިސާގެ އަގުވެސް އުފުލެމުން އަންނަކަމަށާއި، އިންވެސްޓަރުންގެ އިތުބާރުވެސް ބޮޑުވެ، ދައުލަތުގެ އާމްދަނީވެސް އިތުރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް. ހިފެހެއްޓިފައި ހުންނާނީ. ކުރިއަށްވުރެ ދަށަށް ދާނީ. ފައިސާގެ އަގުދަނީ މައޗަށް. އަޅުގަނޑުމެންގެ އިޤްތިޞަދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން. ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން.”ރައީސް ވިދާޅުވިއެވެ.
ފައިސާ ޗާޕްކުރުމަކީ ކުރީ ސަރުކާރުން އެންމެ ފަސޭހައިންކުރި ކަންތައްކަމަށާއި، އެގޮތުން 8000 މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ޗާޕުކުރިއިރު މިދިޔަ 4 މަސް ދުވަހުގެ ތެރޭގައި މިސަރުކާރުން އިޤްތިޞާދީގޮތުން ކުރިއެރުންތައް ހޯދީ ފައިސާ ޗާޕް ނުކޮށްކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ