ކުޑަ އަންދާޒާއެއް | ބިދޭސީއަކު 4،000 ޑޮލަރު، އަހަރަކު ބައިބިލިއަން ޑޮލަރު ގެންދޭ

ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދަކީ ބިދޭސީންގެ އަދަދަކީ 132،492 އެވެ. މި އަދަދުން ބަލާނަމަ ބިދޭސީއެއް 4,422 ޑޮލަރު ބޭރުކޮށްފައިވާނެ އެވެ.
ބިދޭސީން ރާއްޖޭން ބޭރުކުރާ ފައިސާގެ ހަގީގީ އަދަދެއް ނޭނގެ އެވެ. ސަބަބަކީ ރާއްޖެ މަސައްކަތް ކުރަން އައިސް "އަމިއްލަ" މަސައްކަތުގައި އުޅެން ބިދޭސީންނަށް ހައްދެއްނެތި ދީފައިވާ ފުރުސަތު ފުޅާ ކަމެވެ. އެކަމަކު އެމްއެމްއޭ އިން އެންމެ ފަހުން ނެރުނު މައުލޫމާތު ތަކަށް ބަލާއިރު ރަސްމީ ހިސާބު ތަކުން ދައްކަނީ ރާއްޖޭން ބޭރުކުރި ޑޮލަރު އަދަދު ބައި ބިލިއަން ޑޮލަރަށްވުރެ މަތިކަމެވެ. 
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި 587.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ) ވަނީ ބޭރު ކޮށްފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދުހުރީ 564.6 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ ކުޑަ ނަމަވެސް އިތުރުވުމެކެވެ. 
އަހަރުން އަހަރަށް ބަލާއިރު ބިދޭސީން މުސާރައިގެ ގޮތުގައި ބޭރުކުރާ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. ރާއްޖޭގައި ރަސްމީކޮޑް ރެމިޓެންސް ހިދުމަތް ދޭން މިވަގުތު ހަރަކާތްތެރިވާ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެންބީއެލް މަނީ ޓްރާންސްފާ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ އެކަންޏެވެ. މި ނޫން ގޮތްގޮތަށް ވެސް ބިދޭސީން ބޭރަށް ފައިސާ ފޮނުވަ އެވެ.އެމްއެމްއޭގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު ބޭރަށް ފައިސާ ފޮނުވުމުގެ 84،000 މުއާމަލާތް ކޮށްފައިވެ އެވެ. ފައިސާ ފޮނުވާ ދެ ކުންފުނި މެދުވެރިކޮށް 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ވަނީ ބޭރަށް ފޮނުވާފަ އެވެ. މި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރަށްވުރެ ބޭރުކުރި ފައިސާ ވަނީ 68 ޕަސެންޓް އިތުރުވެފަ އެވެ. ރާއްޖޭގެ މުސާރައިގެ ގޮތުގައި ބޭރަށް ފައިސާ ފޮނުވާ އެންމެ ބޮޑު އާބާދީއެއް އޮތީ ގިނަ ބަޔަކު މަސައްކަތް ކުރާ ބަންލަދޭޝްގެ އެވެ. އެ ގައުމުގެ ރައްޔިތުން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ބޭރަށް ފޮނުވި ފައިސާގެ 46 ޕަސެންޓް ހިއްސާ ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ