ރާއްޖޭގެ ތިން ސަރަހައްދެއްގައި ކެންސަރަށް ހޭލުންތެރިކުރުމުގެ ސެމިނާތަކެއް ބާއްވަނީ

މި ސެމިނާތައް ބާއްވަނީ ދިވެހި ކުންފުންޏަކާއި އާއި ބެންގަލޫރުގެ ސައިޓްކެއާ ހޮސްޕިޓަލް ގުޅިގެންނެވެ.
ދިވެހި ކުންފުންޏަކާއި، އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސައިޓްކެއާ ހޮސްޕިޓަލާ ގުޅިގެން ރާއްޖޭގައި ކެންސަރަށް ހޭލުންތެރިކުރުވުމުގެ ސެމިނާތަކެއް ބާއްވަން ނިންމައިފި އެވެ. 
އިންޑިއާގެ ސައިޓްކެއާ ހޮސްޕިޓަލާ އެކު ކެންސަރު ސެމިނާ ބޭއްވުމަށް ހަރަކާތްތެރިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ސްޕްލެންޑިކޯ ޕްރައިވެޓް ލިމިޓެޑެވެ. ސްޕްލިންޑިކޯއިން ބުނީ މި ސެމިނާ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު މާލެ ސިޓީގައި، 12 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި މި ސެމިނާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސެމިނާގައި އާންމުން ހޭލުންތެރިކުރުވާނީ ސައިޓްކެއާ ހޮސްޕިޓަލުގެ ރޭޑިއޭޝަން އޮންކޮލޮޖީ ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޑރ. ސުރެންދްރާ ރެޑީ ޓީ އެވެ. ސެމިނާގެ ޝިޔާރަކީ "ކޮމްޕްރެހެންސިވް ކެންސާ ކެއާ އެންޑް ރޭޑިއޭޝަން ތެރަޕީ" އެވެ. މި ސެމިނާގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 7944331، އިބްރާހިމް ރަޝީދު އަދި +918553818694 ނަންބަރު ފޯނަށް ގުޅަން ވަނީ އެދިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ