މާލެ ސިޓީ ކައުންސިލް މެދު ހެންވޭރު ދާއިރާގެ މެމްބަރު ޕީއެންސީއަށް ސޮއިކުރައްވައިފި

މާލެ ސިޓީ ކައުންސިލް މެދު ހެންވޭރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަހުމަދު ރިޝްވާން ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.
ރިޝްވާންވަނީ ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަވާލުކުރައްވާފައެވެ.
ރިޝްވާން ސޮއިކުރެއްވިކަން ހާމަކުރަމުން ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދު ހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
މާލެސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބޭއްވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މާލެ ސިޓީ މޭޔަރާއި، ކައުންސިލްގެ 3 ދާއިރާއަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ދަރުބާރުގޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ