އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އެސްޓަންވިލާ ބައްދަލުކުރި މެޗުން ސިޓީ ބަލިވިއިރު، އާސެނަލް އިން ފަސޭހަކަމާއިއެކު ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
ރޭ ރަށުން ބޭރުގައި ސިޓީ، އެސްޓަން ވިލާ އަތުން ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ސިޓީ ބަލިވި ނުވަވަނަ މެޗެވެ.
ރޭ މެޗުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އެސްޓަން ވިލާއިންނެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި މޯގަން ރޮޖާސްގެ އެހީތެރިކަމާއިއެކު ޖަހައިދިނީ ޖޯން ޑުރަންއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ.
މެޗުގައި އެސްޓަން ވިލާއަށް ލީޑު ފުޅާކޮށްދިނީ 65 ވަނަ މިނެޓުގައި މޯގަން ރޮޖާސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޖޯން މެކްގިންގެ އެހީތެރިކަމާއިއެކުއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ސިޓީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފިލް ފޮޑެންއެވެ.
ރޭ ރަށުން ބޭރުގައި އާސެނަލުން ވަނީ 5-1 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ރޭ މެޗުގައި އާސެނަލަށް ލަނޑުތައް ޖަހައިދިނީ ކައި ހަވާޓްޒް، ޑެކްލަން ރައިސް، މާޓިނެލީގެ އިތުރުން ޖީސަސްއެވެ. ޖީސަސް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ޕެލަސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސާ އެވެ.
ރޭ މެޗުން ވީ ބައްޔާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. ރޭ ސިޓީ އަތުން މޮޅުވި ވިލާ ވަނީ ފަސްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 17 މެޗުން ވަނީ 28 ޕޮއިންޓް ލިބިފައެވެ. އާސެނަލް އޮތީ ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް 15 މެޗުން ވަނީ 36 ޕޮއިންޓް ލިބިފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސިޓީގެ ދަށް ނަތީޖާއަށް އިތުރު ބޮޅެއް، އާސެނަލް އަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ