އައްޑޫ ސިޓީން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ގެއްލިގެން ރިޕޯޓްކުރި ބިދޭސީ މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އެމީހާ ފެނިފައި ނުވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުން ދަނީ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި “ސީމެކްސް” ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރާޖް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އެ މީހާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 17 ވަނަ ދުވަހެވެ.
ޤައުމީ ދިފަޢީ ބާރު، އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ސްކޮޑްރަންއިން ސާޗް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުން މިހާރު ވަނީ މެދުކަނޑާލާފައިވާއިރު މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 19 ވަނަ ދުވަހު ފުވައްމުލައް ވަށައިގެން ބަލައިފައިވާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ރާޖު ކުމާރު ބޯޓުގައި ނެތް ކަން އެނގުނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައިކަމަށެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
އެ ބޯޓު އައްޑޫން ފުރީ އެރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މޫސުން ގޯސްވެ، ފުވައްމުލަކުން އައްޑުއަށް ޔެލޯ އެލާޓް ނެރެފި ސައިކަލުގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާ ހައްޔަަރުކޮށްފި ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި ބީއެމްއެލް އިން ދޫކުރާ ސްޓާޓަޕް ގްރާންޓު ލިބޭ ދެ ވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ