އަނބިދަރިންނަށް، ޢާއިލާއަށް ރުޅިއައިސް މޫނުކުނިކޮށްގެން ހުރެ ގެއިން ނުކުންނަނަމަ އެނުކުމެވެނީ ޝައިޠޯނާގެ މަގުގަ! ޛިކުރެއްވެސް ނުކިޔޭނެ!

ގެއިން ނުކުންނައިރު އަނބިދަރިންނަށް ނުވަތަ މައިންބަފައިންނަށް ނުވަތަ ޢާއިލާގެ މީހަކަށް، ނުވަތަ އެހެން މީހަކަށް ނަމަވެސް ހިތްހަމަނުޖެހި މޫނުކުނިކޮށްގެން ގެއިން ނުކުންނަނަމަ ލިބޭ އެންމެ ބޮޑު އެއް ދެރަ އެނގޭ ހެއްޔެވެ؟  
ގެއިން ނުކުންނަނަމަ ﷲ ތަޢާލާއަށް ޛިކުރުކުރަންޖެހެއެވެ. ކިޔަންޖެހޭ ޛިކުރުތައް ކިޔަންޖެހެއެވެ. ތިބާ އެބައަކަށް ހިތްހެޔޮކޮށް އޯގާތެރިވާންޖެހޭ ބައަކަށް ރުޅިއައިސްގެން ހުރެ ޛިކުރުކިޔާނީ ކިހިނަކުންހެއްޔެވެ؟ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަކަށް ހުރެ ކިޔާ ޛިކުރު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ހެއްޔެވެ؟  
މިފަދަ ކަންކަމަށް ވިސްނާ މީހަކު މޫނުކުނިކޮށްގެން ހުރެ ގެއަކުން ނުނުކުންނާނެއެވެ. މިވާހަކަ ދައްކަން މިޖެހެނީ ބައެއް މީހުން ގެއިން ނުކުމެގެންދާއިރު ދަނީ މޫނުކުނިކޮށްގެން ތިބެކަމަސްވާތީއެވެ. މޫނު މިކުނިކުރަނީ ކޮން ބައަކަށް ހެއްޔެވެ؟ އަމިއްލަ އަނބިދަރިންނަށެވެ. މައިންބަފައިންނަނަށެވެ. ޢާއިލާގެ މީހުންނަށެވެ. މިއީ ކުރެވޭ ކިހައި ނުބައި ޢަމަލެއް ހެއްޔެވެ؟ އެމީހުން އެތިބީ ދެރަވެފައެވެ. ކަންބޮޑުވެފައެވެ. ވީމާ އެގޮތަށް ގެއިން ނުކުމެގެންދާނަމަ އެދެވެނީ ޝައިޠޯނާގެ މަގުގައި ހުރެގެންނެވެ.  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން ވިސްނައިލަބަލާށެވެ! ގެއިން ނުކުމެ ބޭރުގައި އުޅެނިކޮށް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ތިބާ މިބުނި ފަދައިން މޫނުކުނިކޮށްގެން ގެއިން ނުކުމެގެން ގޮސް އުޅެނިކޮށް މަރުވެއްޖެނަމަ ޢާއިލާގެ މީހުން ތިބާއާއިމެދު ދެކޭނީ ކޮންފަދައަކުން ހެއްޔެވެ؟  
އެމީހުން ތިބާއަށް މާފުކޮށްފާނެއެވެ. ނަމަވެސް ތިބާގެ އެޢަމަލު ހިތުން ފުހެލުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ގެއިން ނުކުންނަންވާނީ ހިތްހެޔޮކަންމަތީގައެވެ. އެންމެންނަށް ހިނިތުންވެ ހުރެއެވެ.  
ގެއިން ނުކުންނަމުން ރައްކައުތެރިކަމަށް އެދި މިފަދަ ދުޢާތައްވެސް ކުރަންވާނެއެވެ!  
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ 
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ قَالَ يَعْنِي إِذَا خَرَجَ مِنْ بَيْتِهِ بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ يُقَالُ لَهُ كُفِيتَ وَوُقِيتَ وَتَنَحَّى عَنْهُ الشَّيْطَانُ
3426 سنن الترمذي كتاب الدعوات باب ما جاء ما يقول إذا خرج من بيته
3426 المحدث الترمذي خلاصة حكم المحدث حسن صحيح في سنن الترمذي 
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,
“Whoever says when he leaves his house, ‘In the name of Allah, I trust in Allah for there is no movement or might but in Allah,’ then it will be said to him that you have been sufficed and protected, and the devils will be far from him.”
Source: Sunan al-Tirmidhī 3426
Grade: Sahih (authentic) according to Al-Tirmidhi  
އެހެނީ ގެއިން ނުކުންނަންވާނީ ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކޮށްގެންހުރެ ކަމަށްވާތީއެވެ. އެއިގެ ތެރޭގައި ތިބާ އާއި އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ އެންމެންވެސް ހިމެނެއެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ