ނެދާލޭންޑްސްގެ ކާފިއު އުވާލަން ކޯޓުން އަމުރުކޮށްފި

ނެދާލެންޑްސްގެ ސަރުކާރުން ހިންގާފައިވާ ކާފިއު އުވާލަން އެ ގައުމުގެ ކޯޓަކުން އަމުރު ކޮށްފިއެވެ.
އެގަެުމުގެ މީޑިއާ ތަކުގައި ބުނެފައިވާގޮތުން އެގައުމުގެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކާފިއު ހިންގުމަކީ އާންމުންގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
ކޯޓުން ބުނީ، އެ ގައުމުގައި ކާފިއު ހިންގާފައިވާނީ ގާނޫނާއި ހިލާފަށް ކަމަށް ކޯޓުން ނިންމިއަސް ކާފިއު އުވާލުމާމެދު ގޮތެއް ނިންމާނީ އެގައުމުގެ ސަރުކާރުން ކަމަށެވެ.
ނަމަވެސް މި ނިންމުމާއެއި އެކު ބޭނުން ބަޔަކަށް ބޭރުގައި އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ނެދެލޭންޑްސްގެ ސަރުކާރުން ވަނީ މާޗް މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ރޭގަނޑު 9 އަކުން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ