ޑިޖިޓަލް ވަޞީލަތްތަކާއެކު ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި 12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވަނީ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތްތައް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
ޑިޖިޓަލް ވަޞީލަތްތައް ޤާއިމުކޮށް ޞިއްހީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފެބުރއަރީ މަހުގެ 20 ވަނަ ދުވަހުން ފެށި މި ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.
ހަބަރު: ސަރުކާރު
ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ