52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހަޅައިފި އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ހިތާމަފާޅުކުރައްވައިފި 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފި ސައްހަނ

ތަވާޟުއުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާއި މީސްކިތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
‘ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެއް’ މި މައުޟޫއުގެ މައްޗަށް ޚާއްޞަ ކޮށްފައިވާ ޚުތުބާގައި ވަނީ ތަވާޟުއުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާއި މީސްކިތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމަށާއި އެއީ، ނަބިއްޔުންގެ ޚުލްގުފުޅެއްކަމަށެވެ. މީގެ އިތުރުން އެ ސިފައިގެ ސަބަބުން ޝަރަފު އިތުރުވާ ކަމަށާއި އެ ސިފަތައް ލިބިގެންވާ މީހަކަށް އެހެން މީހުންގެ ތައުރީފާއި ޝުކުރުގެ ބަސްތައް އޮހޭނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
“މުސްލިމުންގެ އުޚްވަތްތެރިކަމަކީ އެންމެހައި ޢުމުރުފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަންޖެއް، ފަޤރެއް ނުވަތަ ޢަރަތްބެއް، ޢަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތު ވަނީ ހަމައެކަނި އެމީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންނެވެ” ޚުތުބާގައި ވިދާޅުވިއެވެ.
ތަވާޟުއުވެރިކަމުގެ ސިފައިން ޒީނަތްތެރިވާ މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވާ ކަމަށާއި އެ ސިފައިގައި ހިފަހައްޓައިފި މީހާއަށް އާޚިރަތުގެ ނިއުމަތާއި ބާއްޖަވެރިކަން ދެއްވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އެ ސިފައަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެއް ކަމަށާއި އުޚުއްވަތްތެރިކަން ފެތުރޭ ސަބަބެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ޚުތުބާގައިވަނީ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް، މާތްﷲގެ ހަޟްރަތަށް ތަވާޟުޢުވެރިވުމަށް ގޮވާލައްވާފައެވެ. އަދި ޢުމުރު ކިތަންމެ ދިގުވިޔަސް، މިދުނިޔެއާ އަލްވަދާޢު ކިޔަން ޖެހޭނެކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، މާތްﷲގެ ހަޟްރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށްވާން ބޭނުންނަމަ، އެމީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާގުގައި ހިފެހެއްޓުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ