އިޒްރޭލުން ހުކުރު ދުވަހު ވަގުތެއްގައި އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ސައިޓްތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީ ރިވޮލިއުޝަނަރީ ގާޑްގެ އިސް އޮފިޝަލުންނާއި ނިއުކްލިއާ ސައިންސްވެރިން މަރާލައިފި އެވެ.
ފަތިހުގެ ވަގުތެއްގައި ފެށި ވައިގެ ހަމަލާތައް ދީފައިވަނީ ތެހެރާނާއި ނަތަންޒް އަދި އެހެނިހެން ތަންތަނާ ކައިރީގަ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ އައިއާރުޖީސީގެ އިތުރު އިސް ފަރާތަކާ އެކު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ)ގެ ކޮމާންޑާ އިން ޗީފް މޭޖާ ޖެނެރަލް ހުސެއިން ސަލާމީ މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ސައިންސްވެރިން ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ ދިހަވަރަކަށް ޖެޓުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކުގެ މުހިންމު ތަންތަނަށް އަމާޒުކޮށްގެން ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވީ "ކުރިއަށް އޮތްތަނުގައި އިސްރާއީލުގެ ދައުލަތާއި އެގައުމުގެ އާންމު އާބާދީއާ ދެކޮޅަށް މިސައިލް އަދި ޑްރޯން ހަމަލާއެއް އިރާނުން ދޭނެ ކަމަށް ބެލެވޭ" ކަމަށެވެ.
އިޒްރޭލުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ